ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ވަޑައިގެންނެވުން

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

SHARE

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި އެވެ.

ގަތަތުން މާލެއަށް މިއަދު ވަޑައިގެންނެވުމަށްފަހު ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވިއިރު އަރިހުގައި ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުުން އެ ކުންފުނީ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

މި މަޝްރޫއު ނިމުމާއެކު، މާލެ ސިޓީގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ހިނގާ މީހުންނަށް ރައްޓެހި، ތަނަވަސް މަގުތަކެއް ހެދި، ޓްރެފިކް ޖެހުން ކުޑަވެގެން ދާނެއެވެ.

144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްޤީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.