ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލުގެ ދަށުން ސޯޝަލް މީޑިއާގައި އާއްމުން ދައްކާ ވާހަކަ ރެގިއުލޭޓް ނުކުރާނެ ކަމަށް އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިހާރު އޮތް އެންމެ ހައްސާސީ އެއް މައްސަލަ ކަމަށްވާ މީޑިއާ ރެގިއުޅޭޓުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ސަރުކާރުން ރޭ އިންތިޒާމް ކުރި މީޑިއާ ފޯރަމްގައި ވާހަކަދައްކަވަމުން ނެވެ.
ބިލުގެ ދަށުން އާންމު ރައްޔިތުން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާއި ކޮންޓެންޓް އުފައްދާ ފަރާތްތައްވެސް ރެގިއުލޭޓްކުރެވިދާނެތ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބިލުގައި "މީޑިއާ" މާނަކޮށްފައި އޮންނަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތކާޢި އެ ތަންތަނުުގެ ސޯޝަލް މީޑީއާ ފިޔަވައި އެހެން އެއްވެސް ބައެއް އެ ބިލުގެ ދަަށުން ރެގިއުލޭޓް ނުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީޑީއާ އަށް ނިސްބަތްނުވާ މީހަކަށް މި ބިލު އެޕްލައި ނުވާނެ. ސޯޝަލް މީޑިއާގައި ކޮންޓެންޓު ހަދާ ޒުވާނުންނަށް ފަރާތްތަކަށް މި ބިލު އެޕްލައި ނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު، މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި ހުށަހެޅި ބިލު މިހާރު އެ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެ ބިލާ ގުޅޭ ވޯޓު ނެގުމަށްޓަކައި މއިަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އެ އިދާރާއިން ބުނި ނަމަވެސް އެ ޖަލްސާ އޮންނާޏެ ގަޑިއެއް އަދި ހާމައެއް ނުކުރެ އެވެ.