ސީއެސްސީގެ ރައީސް ކަމަށް މުޖުތާޒް، ނައިބަކަށް ނާސިހު

ސީއެސްސީގެ ރައީސް ކަމަށް އައްޔަނުކުރަން ރުހުން ލިބުނު މުޖުތާޒް، ނައިބަކަށް އައްޔަނުކުރަން ރުހން ލިބުނު ނާސިހު

ސީއެސްސީގެ ރައީސް ކަމަށް މުޖުތާޒް، ނައިބަކަށް ނާސިހު

SHARE

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ދާދިފަހުން އައްޔަނުކުރެވުނު މުހައްމަދު މުޖުތާޒް އެ ކޮމިޝަންގެ ރައީސަކަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އޭނާއަށް ރުހުން ދީފަ އެވެ. އެ ކޮމިޝަނުގެ ނައިބަކަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގައި ކުރިން ހުންނެވި މުހައްމަދު ނާސިހަށެވެ.

އެ ދެބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވީ މިއަދު ހެނދުނު ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގަ އެވެ. އެ މައްސަލަ ދިރާސާކުރުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމެވީ އެ ދެބޭފުޅުންނަށް ރުހުން ދިނުމަށެވެ.

މިއަދު މެންދުރު ފަހު ބޭއްވި ޖަލްސާގައި ވަނީ ދެބޭފުޅުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ވޯޓަށް އަހާފަ އެވެ. އެގޮތުން:

  • މުޖުތާޒް އަށް ރުހުން ދިނުމަށް ފާސްވީ 68 މެމްބަރުންގެ ވޯޓާ އެކު
  • ނާސިހަށް ރުހުން ދިނުމަށް ފާސްވީ 64 މެމްބަރުންގެ ވޯޓާ އެކު. 1 މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވި

ސީއެސްސީގެ މެމްބަރުކަމަށް ދެބޭފޫޅުން އައްޔަނުކުރެއްވީ މި މަހުގެ 7 ވަނަ ދުވަހު އެވެ.