ފްލްޓް ލިސްޓު މި މަހު އާންމުކުރަނީ

އެފްޑީސީން ހަދާ 4،000 ފުލެޓުގެ މަސައްކަތް މިނިސްޓަރު ހައިދަރު ބައްލަވައިލައްވަނީ -- ފޮޓޯ: ހައުސިންގ މިނިސްޓްރީ މިނިސްޓްރީ

ފްލްޓް ލިސްޓު މި މަހު އާންމުކުރަނީ

SHARE

މާލެ ރައްޔިތުންނަށް ޚާއްސަކޮށް ދޫކުރާ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ލިސްޓު މި މަހު އާންމުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.

ސަރުކާރުން ދޫކުރުމަށް ތައްޔާރުވަމުން އަންނަ ފްލެޓު ލިސްޓަކީ މިދިޔަ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމްގެ ލިސްޓެވެ. އެ ސްކީމްގެ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހު ދުވަސްވަރު ތެރޭގައި އާންމުކޮށްފައިވެ އެވެ.

އެކަމަކު އެ ލިސްޓުގައި ހުރި މައްސަލަތަކެއް ފެންމަތިވެ އޭސީސީން މައްސަލަ ބަލާފައިވާއިރު، ފްލެޓު ލިބުނު ކަމަށް ލިސްޓުގައި އޮތް މީހުންގެ ތެރެއިން 60 އިންސައްތަ ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެހެންވެ މި ސަރުކާރުން ވަނީ އެ ލިސްޓު އަލުން ރިވިއުކުރަން ފަށާފަ އެވެ.

އެކަމަކު ސަރުކާރުން ނިންމާފައި ވަނީ މިދިޔަ ސަރުކާރުން ފްލެޓު ދިން ދާއިމީ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނަސް ކުރިއަށް ދިއުމަށެވެ.