ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އާއްމުކޮށް އެތަކެތި ވިއްކަން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އަށް އަންގައިފި އެވެ.
ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ ވަނީ ހަވާލުކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ލިސްޓު މިއަދު އާއްމުކޮށް، އެތަކެތި އެސްޓީއޯ އިން އިމްޕޯޓްކޮށް ހޯލްސޭލްކުރަން އަންގާފަ އެވެ.
އެ ލިސްޓުގައިި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގު، ބިސް އަދި އަލުވި ހިމެނެ އެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓު
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މިރުސް
- މޭބިސްކަދުރު
- ރަތް ފިޔާ
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- ލޮނުމެދު
- އަލުވި
- ކެބެޖު
- ބަރަބޯ
- ބޯވެލި
- ރީނދޫ މުގު
- ކުކުޅު ބިސް
- ކާށި
މާދަމާއިން ފެށިގެން ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ އަގު ހެޔޮ ވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.