ނ. މަގޫދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމްގެ މަސްއްކަތްތައް ކަމަށެވެ. އެމްޓީސީސީގެ ވެބްސައިޓުން ފެންނަ ގޮތުގައި މިހާރު އެ މަޝްރޫއުގެ 4% މަސައްކަތް ވަނީ ނިންމާލެވިފަ އެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓު މޯބަލައިސްކުރީ މިއަހަރުގެ އޭޕްރިލް 11 ވަނަ ދުވަހު އެވެ. މި މަޝްރޫއު ނިމުމުން ރަށަށް އުމްރާނީ ގޮތުންނާއި އިހްތިމާއީ ގޮތުން ގިނަ ފަސޭހަކަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.