އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އައު ސިޔާސަތުތަކެއް

photo_2025-09-02_14-52-53

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އައު ސިޔާސަތުތަކެއް

SHARE

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އައު ސިޔާސަތުތަކެއް ކަނޑައަޅައިފިއެވެ.

އައު ސިޔާސަތުތަކާއި އެކު، މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައު ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް

  • އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގޭ ގޮތަށް ހެދުން.
  • ⁠އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރެވޭ ގޮތަށް ހެދުން.
  • ⁠މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރަން ޖެހަ ގޮތަށް ހެދުން.

މިފަދަ ސިޔާސަތުތަކެއް ކަނޑައަޅާފައި މިވަނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ، އެކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާތީ، ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލުތަކެއް ހޯދުމަށްކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.