މާލޭގައި ވަޒީފާ އަދާކުރެވޭ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ބިދޭސީން

1508745604

މާލޭގައި ވަޒީފާ އަދާކުރެވޭ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ބިދޭސީން

SHARE

މުޅި ރާއްޖޭގައި ވަޒީފާ އަދާކުރެވޭ އުމުރުގެ މީހުންގެ ތެރެއިން، 187،000 މީހުން ދިރިއުޅެނީ މާލޭގައި ކަމަށް “ލޭބަރ ފޯސް ސާވޭ” ރިޕޯޓުގައި ބުނެފިއެވެ.

މާލެސިޓީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަޒީފާގެ ނިސްބަތް ދެނެގަތުމަށް، “މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް” އިން ކުރިއަށްގެންދިއަ “ލޭބަރ ފޯސް ސާވޭ” ނިންމައި، މިއަދު ވަނީ އާންމުކޮށްފަ އެވެ. މި ސަރވޭ އިން ވަނީ، ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި އިގުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ އާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަނެ މާލެ ސަރަހައްދަށް ހިޖުރަކުރާ އާބާދީގެ މިންވަރު ދެނެގަނެފައެވެ.

މި ސާވޭއިން ދައްކާގޮތުގައި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަޒީފާ އަދާކުރާ އުމުގެ ގާތްގަނޑަކަށް 187،000 މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބަޔަކީ ދިވެހިންނެވެ. އަދި ތިންބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ.

އަދި ވަޒީފާ އަދާކުރާ އުމުރުގެ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން ތިން މީހަކު ވަޒީފާ އަދާކުރެއެވެ. އެއީ 74.8 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 140،255 މީހުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވިދާޅުވީ، މި ސަރވޭ އަކީ، ހަމައެކަނި އަދަދުތަކެއް ހޯދުމަށް ކުރެވުނު ސާވޭއެއްގެ އިތުރަށް މާ ފުޅާ ދާއިރާއެއްގައި ބޭނުން ހިފޭނެ ސާވޭއެއް ކަމަށެވެ. އޭނަ ވިދާޅުވީ، މި ސާވޭއިން ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި ވަޒީފާއެއް ހޯދަން މަސައްކަތް ކުރާ މީހުންގެ ނިސްބަތް ދެނެގަނެވުމުގެ އިތުރަށް، ވާޒީފާއެއް ނެތި ތިބި ރައްޔިތުންގެ ހާލަތު ދެނެގަނެވި، ޖުމްލަކޮށް ރާއްޖޭގެ އިގްތިސޯދީ ހާލަތު ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މީގެ އިތުރަށް މި ސާވޭގެ ހޯދުންތަކުން، ވާޒީފާ ހޯދުމަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެވި، އެކަން ހައްލުކުރުމަށް ޕޮލިސީ ލެވެލްގައި ނިންމާ ނިންމުންތަކަށް އެހީތެރިވެދޭނެކަށްވެސް އައިޝަތު ހަސަން ވަނީ ފާހަގަކުރައްވާފައެވެ.

ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވިދާޅުވީ، މާލޭގެ އާބާދީ ދުވަހެއް ދުވަހަށް އިތުރުވެ އަވަސް ބަދަލުތަކެއް އަންނަމުންދާއިރު، މިފަދަ ސޭވޭއަކުން އެއްކުރެވޭ މައުލޫމާތުގެ ބޭނުން ޕޮލިސީ ލެވެލްގައި ބޭނުންކުރެވި، ވަޒީފާގައި އުޅޭ މީހުންނާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް ދެނެގަނެވި، ވަޒީފާ އަދާކުރާ ބިދޭސީންނާއި، އަންހެނުންގެ ނިސްބަތްވެސް ދެނެގަނެވިގެންދާނެ ކަމަށެވެ.

މީގެ އިތުރަށް މި ސާވޭއިން ދެމެހެއްޓެނިވި ގައުމީ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމަށް ވަރަށް މުހިންމު މައުލޫމާތެއް މައިގަނޑު ތިން ދާއިރާއަކުން އެއްކުރެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރަށް، ދިރާސާކުރާ ފަރާތްތަކާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މުހިންމު ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެކަންވެސް  އޭނަ ފާހަގަކުރެއްވިއެވެ.