ނ. މަނަދޫގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މަނަދޫގެ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފައުންޑޭޝަންގެ މަސައްކަތް ކަމަށެވެ.
އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން މަނަދޫގައި ފިޓްނެސް ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އެ ތަނުގެ ބިންގާ އަޅާފައިވަނީ އެ ދަތުރުފުޅުގެ ތެރެއިން ނެވެ.
ފިޓްނަސް ސެންޓަރުތައް ގާއިމުކުރަނީ ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، އަންހެން ބޭފުޅުންނަށް ކަސްރަތު ކްލާސްތައް ހިންގޭނެ އިންތިޒާމާއެކު އެވެ.