MTCC

މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 75% ނިންމާލައިފި

G0YhdOnbEAAgO7C

މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 75% ނިންމާލައިފި

SHARE

ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން އެ ކުންފުނިން މިއަދު ބުނީ މަޝްރޫއު އަށް ބޭނުންވާ ބޮޑުހިލައިގެ ތިން ވަނަ ޝިޕްމެންޓް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

2022 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކޮށް، ނެރު ސަރަޙައްދުގައި 3,245.48 ކިއުބިކް މީޓަރު ފުންކުރުމާއި އެކު 105 މީޓަރުގެ ރިވެޓްމަންޓްގެ އިތުރުން 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 1508.90 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހަދައި ނެރު ބައްތިއާއި މަގު ބައްތި ހަރުކުރާނެ އެވެ.