ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

big_ulJrdA8Ha7KNGuQ8sLx3gBI3g

ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

SHARE

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކުރީ އިއްޔެ އެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ ޗައިނާ އިން ނެވެ. ލިސްޓުގެ ދެވަނައިގަ ރަޝިޔާ އޮތްއިރު އިނގިރޭސިވިލާތް އޮތީ ތިން ވަނައިގަ އެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި 5 ގައުމަކީ:

  • ޗައިނާ – 240،828 ފަތުރުވެރިން
  • ރަޝިޔާ -182،315 ފަތުރުވެރިން
  • އިނގިރޭސިވިލާތް -136،619 ފަތުރުވެރިން
  • އިޓަލީ -107،736 ފަތުރުވެރިން
  • ޖަރުމަނު- 104،764 ފަތުރުވެރިނ

މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ނިސްބަތް ވަނީ މިއަހަރު 9.7 އިންސައްތަ މައްޗަށް ޖެހިލާފަ އެވެ. ރާއްޖެ ޒިޔާރާތްކުރާ 73.4 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 21.9 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރެ އެވެ.