ކުރީގެ ޔޫތު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަހުމަދު މަހުލޫފް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންް މިއަދު ވަކިވެއްޖެ އެވެ.
އެމްޑީޕީން ވަކިވުމަށް އެދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މަހުލޫފް ފޮނުއްވި ސިޓީގައި ވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީއަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަަ އެވެ.
"ވަކިން ޚާއްސަކޮށް ރައީސް ސާލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ފިނަ މަސައްކަތްތަކެއ ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާކޮށް އުފާކުރަމެވެ" މަހުލޫފްގެ ސިޓީގައި ވިދާޅުވި އެވެ.
ޕާޓީން ވަކިވުމަށް އެދިވަޑައިގެންނެވި ސަބަބެއް، އޭނާ އެ ސިޓީގައި ފާހަގަކުރައްވާފަ އެއް ނުވެ އެވެ.
ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި މަހުލޫފް އެމްޑީޕީއާ ގުޅުމުގެެ ކުރިން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީޕީއެމް ގަ އެވެ. އޭރު އޭނާއަކީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރެއްވެސް މެ އެވ. ޕީޕީއެމް އިން ވަކިވެވަޑައިގެން އިދިކޮޅު ހަރަކާތްތަކުގައި އުޅުއްވުމަށްފަހު އޭނާ އެމްޑީޕީއާއި ގުޅުނީ 2018 ވަނަ އަހަރެވެ.