ބޮޑުތަކުރުފާނު މަގު ހެދުން: 132 މީޓަރުގެ ޝީޓް ޕައިލް އަޅައިފި

ފޮޓޯ/ އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ހެދުން: 132 މީޓަރުގެ ޝީޓް ޕައިލް އަޅައިފި

SHARE

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ބައިގައި، 132 މީޓަރުގެ ޝީޓް ޕައިލް އަޅައި ނިންމާލައިފި އެވެ.

ބޮޑުތަކުރުފާނު މަހު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް މިހާރު ވަނީ މަހުގެ ބައެއް ބަންދުކޮށްފަ އެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ އެ މަގު ފުޅާކުރުމަށާއި އާ ބަނދަރު ތޮށި ހެދުމަށް ބޭނުންވާ އެންކަރިންގ އަދި ބިންހިއްކުމުގެ މަސައްކަތްތައް މިހާރު ކުރަމުން ދާ ކަމަށެވެ.

މި މަޝްރޫއުއާއެކު، ޒަމާނީ ބަދަލުތަކާއި އެކު މަގު ބޭނުންކުރާ މީހުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި މާލެ ސިޓީގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ޓްރެފިކަށް ވެސް ލުއި ވާނެ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ވާރޭފެން ހިންދާ ނިޒާމެއް ގާއިމުކުރެވޭއިރު މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ވެސް އެމްޓީސީސީން ގަބޫލުކުރެ އެވެ.

144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްޤީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.