MTCC

"މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026″ ފަށައިފި

img_md_202610051216251791184585.6483

"މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026″ ފަށައިފި

SHARE

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026″ މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ.

މެރިޓައިމް ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ މި ކޮންފަރެންސްގެ ރަސްމިއްޔާތުގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި، ބައިނަލްއަގްވާމީ ފަރާތްތަކުގެ އިތުރުން 200 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެމްޕީއެލް އިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ބަނދަރުގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ، ބަނދަރު ހިންގުމުގެ އިތުރުން މެރިޓައިމް ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާއި، ގަވަނަންސް އަދި އިންސާނީ ވަސީލަތް ބިނާކުރުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މީހުން ބިނާކުރުމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުން ކުރަމުންދާ މަސައްކަތްތަކަށް އޭނާ ތައުރީފުކުރެއްވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ޝަފީގު ވިދާޅުވީ، އެ މަޝްރޫއު ކާމިޔާބުވާނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0″ ގެ ތަސައްވުރާ އެއްގޮތަށް އޭއައި (ނުކުރިމަތިވި ހުނަރު) އަދި ޒަމާނީ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.

"ސެކުއަރިންގް އަވާ ސީޒް، ސޭފްގާޑިންގް އަވާ ފިއުޗާ" (ކަނޑުތަކުގެ ސަލާމަތާއި އަޅުގަނޑުމެންގެ މުސްތަގުބަލަށް ރައްކާތެރިވުން) މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި މެރިޓައިމް ދާއިރާއާ ގުޅޭ މުހިންމު ފަސް ދާއިރާއަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިނަލްއަގްވާމީ ގިނަ ބޭފުޅުންނާއި ދިވެހިރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މައިގަނޑު ސްޕީކަރުންގެ ތެރޭގައި:

  • ކެޕްޓަން އަޙްމަދު މައުމޫން – ޗެއަރމަން އޮފް ސެން ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، މާސްޓަރ މެރިނަރ
  • ކާނަލް އަޙްމަދު މުޖުތަބާ މުޙައްމަދު – ކޯސްޓްގާޑް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް
  • ޑރ. ޗޮންގ ޖޫ ޗައެ – އެސޯސިއޭޓް ޕްރޮފެސަރ، ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ
  • އައިޝަތު ޝިމްލާ – ޗީފް ލާނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ – މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
  • ޙުސައިން ނަޒީރު – ޑިރެކްޓަރ އޮފް މެރިޓައިމް އެޑްމިނިސްޓްރޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • ކެޕްޓަން މުޙައްމަދު ޒައިދު – ހެޑް އޮފް ސެންޓަރ، ސެންޓަރ ފޯރ މެރިޓައިމް ސްޓާޒީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
  • ކެޕްޓަން އަޙްމަދު ޒުބައިރު – ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ
  • ބްރިގޭޑިއަރ ޖެނަރަލް ޑރ. ޙުސައިން އިބްރާހީމް – ޑިރެކްޓަރ ޖެނަރަލް، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
  • ޑރ. ކެޕްޓަން އިސަތު ގުޒައި – ރިޓަޔަރޑް މެރިޓައިމް އެކްސްޕާޓް، މިނިސްޓްރީ އޮފް ޓްރާންސްޕޮޓޭޝަން އޮފް ޓާކީ
  • ޕްރޮފެސަރ ދަތޯ ސްރީ ޑރ. ކެޕްޓަން ރަޒާލީ ޔާކޫބް – ފައުންޑަރ އެންޑް އެގްޒެކްޓިވް ޗެއަރމަން، ނެދަރލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖު
  • ޑރ. އަތާއުﷲ ރަޝީދު – ހެޑް އޮފް ދަރ ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
  • ޑރ. އަޒްމަތު ޖަލީލް – މެންބަރ، ގަވަރނިންގ ބޯޑް އޮފް ދަރ އިންޓަރނޭޝަނަލް އޯޝަން އިންސްޓިޓިއުޓް، މޯލްޓާ | އޮނަރރަރީ ލެކްޗަރ، ކާޑިފް ޔުނިވަރސިޓީ، ޔޫކޭ | ޑިރެކްޓަރ، އައިއޯއައި އޯޝަން އެކަޑެމީ، ދިވެހިރާއްޖެ
    ޝަރިޝެން ބިން ރެޒުއަން ޕަޕިންޑަރ – ޖެނެރަލް މެނޭޖަރ އޮފް ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަންމަންޓް އޮފް ޕޯޓް ޓަންޖުންގ ޕެލެޕަސް (ޕީޓީޕީ)، މެލޭޝިއާ
  • ޑރ. މާކް އައްސަފް – ޗީފް ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސެކްޝަން، ޓްރެއިން ފޯ ޓްރޭޑް ޓްރޭޑް ލޮޖިސްޓިކްސް ބްރާންޗް، ޑިވިޟަން އޮން ޓެކްނޮލޮޖީ އެންޑް ލޮޖިސްޓިކްސް ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) ހިމެނިވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގެ ހޯސްޓިން ޕާޓްނަރަކީ ވިލާ ޝިޕިން އެންޑް ޓްރޭޑިން އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް އިންޝުއަރެންސްއެވެ. މީގެ އިތުރުން ޕީއެސްއެމް އާއި އެމްއެސްއެސް އަދި މޯލްޑިވްސް މެރިޓައިމް ޖާނަލް ވެސް ވަނީ މި ކޮންފަރެންސްގެ މުހިންމު ބައިވެރިންގެ ގޮތުގައި ހިމެނިފައެވެ. މި ކޮންފަރެންސް ކުރިއަށްދަނީ އިކޮނޮމިކް މިނިސްޓްރީ، އެމްއެންޑީއެފް، ފުލުހުންގެ ހިދުމަތް، އަންކްޓަޑް، އައިއޭޕީއެޗް އަދި އެމްއެންޔޫގެ އެއްބާރުލުމާއެކުގައެވެ.