MTCC

ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ 9 އުޅަނދެއް ޓޯކޮށްފި

HToms6Sa8AAJ6Aa

ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ 9 އުޅަނދެއް ޓޯކޮށްފި

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ފަށާފައިވާ ޚާއްސަ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 9 އުޅަނދެއް ޓޯކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި އުޅަނދުތައް ޓޯކޮށްފައިވަނީ ރޭގެ ވަގުތަކުން ފެށިގެން މިއަދުގެ ނިޔަލަށެވެ. މިއީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ދަތިނުވާނޭހެން އަމާން، ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ނެގުނު އުޅަނދުތަކެކެވެ.

ފުލުހުން އިތުރަށް ބުނީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް މިރޭވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން މަގުމަތީގެ ޤަވާޢިދުތަކާ ޚިލާފަށް އުޅަނދު ޕާކުނުކުރުމަށާއި، މިހާރުވެސް އެފަދަ ގޮތްގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ވީއެންމެ އަވަހަކަށް ނެގުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ވެރިރަށް މާލޭގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ފުލުހުން ދަނީ އެފަދަ އުޅަނދުތައް ބަލައި ފާސްކޮށް، ފިޔަވަޅު އެޅުމުގެ މަސައްކަތް ވަރުގަދަކުރަމުންނެވެ.