MTCC

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

big-diabtm6fka6rmq1kznpg2se05-876x594

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވި ނަމަވެސް، މި ދަތުރުފުޅުގައި އެ ގައުމުގައި ހޭދަކުރައްވާނީ ކިތައް ދުވަސް ކަމެއް އަދި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރައްވައެވެ. އާންމުގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅުން ކުރައްވާ މިފަދަ ނުރަސްމީ ދަތުރުފުޅުތަކަކީ އަމިއްލަފުޅު އެކި ބޭނުންތަކަށާއި ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.

މީގެ ކުރިން ވެސް ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކާ އެމަނިކުފާނުގެ ދެކަނބަލުން ބައްދަލުކުރައްވައި ހާލުއަހުވާލު ބެއްލެވިއެވެ.