MTCC

އދ.ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ކުރުމުގެ ބާރު އުވާލަންޖެހޭ: ނައިބު ރައީސް

473793-60111239-1-768x512

އދ.ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ކުރުމުގެ ބާރު އުވާލަންޖެހޭ: ނައިބު ރައީސް

SHARE

އދ. ގެ ސަލާމަތީ މަޖިލީހުގައި ބޮޑެތި ބާރުތަކަށް ލިބިދީފައިވާ ވީޓޯ ކުރުމުގެ ބާރު އުވާލަންޖެހޭ ކަމަށާއި، އެ އިދާރާގެ ތެރޭގައި ހުރި ތަފާތުކުރުންތަކާއި ބޭއިންސާފު އުސޫލުތައް ނައްތާލަން ވެއްޖެ ކަމަށް ނައިބު ރައީސް ޙުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އދ. އިސްލާހު ކުރުމުގެ މަސައްކަތްތަކަކީ ހުރިހާ މެންބަރު ގައުމުތަކުގެ ބައިވެރިވުން ހިމެނޭ، ދެފުށް ފެންނަ ހަމަހަމަ ނިޒާމެއްގެ ތެރެއިން ކުރިއަށްދާ ކަމަކަށް ވާންޖެހޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އދ. އަށް އަލުން ހޯދޭނީ މިހާރު އޮތް ބޭއިންސާފު އުސޫލުތައް ނިމުމަކަށް ގެނެސްގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިންތަކުގެ ތެރެއިން ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ކަށަވަރުވެފައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، 1989 ވަނަ އަހަރު ރާއްޖެއިން އދ. ގައި ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ގޮވާލި ނަމަވެސް، މިއަދު ރާއްޖެއިން ވަކާލާތު ކުރަނީ އެއަށްވުރެ އަސާސީ ކަމެއް ކަމަށްވާ، ކޮންމެ ގައުމަކަށްވެސް އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ މިނިވަންކަން ލިބިދިނުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާތަކާއި ހިތްދަތިކަމުން އެމީހުން ސަލާމަތްކޮށް، އެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެކަމުގައި އދ. އިން އިތުރަށް ޒިންމާދާރުވެ، އިންސާފު ގާއިމުކޮށްދިނުމަށް އެމަނިކުފާނުގެ ތަގުރީރުގައި ވަނީ ގޮވާލައްވާފައެވެ.