MTCC
820126771_1805302413944230_8934204651726918754_n

"ވިލުންވެށި" ހިލޭ އެހީ ކުންފުނިތަކަށް ފުޅާކުރަނީ

SHARE

ތިމާވެއްޓާ ރައްޓެހި ވިޔަފާރިތައް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހިންގާ "ވިލުންވެށި" ޕްރޮގްރާމްގެ ދަށުން ދޫކުރާ ހިލޭ އެހީ، އަންނަ އަހަރުން ފެށިގެން ކުންފުނިތަކަށް ވެސް ދޭން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމަކީ މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި ގެނައި ބަދަލެކެވެ. މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް މި ފުރުސަތު ހުޅުވާލާއިރު މިހާރަށް ވުރެ އެހީގެ ބަޖެޓު ބޮޑުވާނެ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ އީޖާދީ ސްޓާޓްއަޕްތަކަށް ކުރިއަށްދާނެ މަގު ތަނަވަސްކޮށްދީ، ތިމާވެއްޓަށް ފައިދާހުރި މަޝްރޫއުތައް މުޖުތަމައުގައި އިތުރުކުރުމެވެ.

"އީޖާބީ ޕްރޮޖެކްޓުތަކަށް ހުޅުވާލާ ސަބަބަކީ، ވަރަށް ގިނަ ސްޓާޓްއަޕްތަކަށް އެބަތިބި ފުރުސަތަކަށް މަޑުކޮށްގެން." އަލީ ޝަރީފް ވިދާޅުވިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީގައި، އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިހާރު ފަރުދުންނަށް އެހީގެ ގޮތުގައި ދޫކުރަނީ އެއްލައްކަ ރުފިޔާއާ ހަމައަށެވެ. އަލީ ޝަރީފް ވިދާޅުވިިގޮތުގައި މިދިޔަ ޖޫން މަހު "ވިލުންވެށި" ގްރާންޓް ޕްރޮގްރާމަށް ހުށަހެޅި 150 ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، އެހީ ލިބޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ޖޫން މަހު ހުޅުވާލި ފުރުސަތުގައި ލިބިފައިވާ 150 ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެހީ ލިބޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާނުކުރެވޭނެއެވެ.