MTCC

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ލިބޭނެ އެންމެ އުފާވެރި އިހުސާސް: މެޑަމް ސާޖިދާ

446922_3_d867c7124385bcd8fbde9c6833d569174ca5a15c

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ލިބޭނެ އެންމެ އުފާވެރި އިހުސާސް: މެޑަމް ސާޖިދާ

SHARE

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އިންސާނެއްގެ ހަޔާތުގައި ލިބޭނެ އެންމެ އުފާވެރި އަދި ބާއްޖަވެރި އެއް އިހުސާސް ކަމަށާއި، އެއީ އާއިލާއަކަށް ލިބޭނެ އަގުނުކުރެވޭ ފަދަ މަތިވެރި ނިޢުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓް ލޭޑީ މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ މާމަ ކާފަ ދުވަހާ ގުޅުވައިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެކަމަނާގެ މެސެޖުގައި ވަނީ ރާއްޖޭގެ އެންމެހައި ލޮބުވެތި މާމައިންނާއި ކާފައިންނަށް މި ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ދުޅަހެޔޮ، ފުރިހަމަ ސިއްހަތަކާއި އުފާވެރި ދިރިއުޅުމަކަށް ވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހަކީ މާމަ ކާފަ ދުވަހުގެ ގޮތުގައި ކަނޑައަޅައި، ރަސްމީ ފެންވަރުގައި އެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އާއިލާތަކާއި މުޖުތަމައުގެ ކަންކަމުގައި ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ދޭންޖެހޭ އަޅާލުމާއި ހައްގުތައް ފުރިހަމައަށް އަދާކުރުމަށް ހަނދާންކޮށްދީ ބާރުއެޅުމެވެ.