MTCC

މިދިޔަ އަހަރާ އަޅާބަލާއިރު ޖުލައި މަހު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ %44 އިތުރުވެއްޖެ

Screenshot 2026-08-31 133951

މިދިޔަ އަހަރާ އަޅާބަލާއިރު ޖުލައި މަހު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ %44 އިތުރުވެއްޖެ

SHARE

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %44.2 އިތުރުވެ، ޖުމްލަ 17.37 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ލިބިއްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ އެސްއޭޕީ ނިޒާމުގެ ރެކޯޑުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު ޒަކާތު ފަންޑަށް ލިބިފައިވަނީ 12,040,524.09 ރުފިޔާއެވެ. ނަމަވެސް، މިއަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29ރުފިޔާއަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ޒަކާތް ހައުސްއިން ބުނިގޮތުގައި ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެކި އެހީތަކަށް ޖުމްލަ 2.80 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިގޮތުން ދޫކުރެވުނު ފައިސާގެ އެންމެ ބޮޑު އިންސައްތައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެ ބަޔަށް ޖުމްލަ 1.75 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • ބޭސްފަރުވާގެ އެހީގެ ގޮތުގައި: 1.48 މިލިއަން ރުފިޔާ
  • ޒަރޫރީ އެކިއެކި ބޭނުންތަކަށް: 115,250 ރުފިޔާ
  • ބޯހިޔާވަހިކަމުގެ އަސާސީ އެހީގެ ގޮތުގައި: 155,950 ރުފިޔާ

މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ހިސާބުތަކަކީ ނިޒާމުގައި މިވަގުތު ރެކޯޑުކުރެވިފައިވާ މަޢުލޫމާތުތަކެއް ކަމުން، ކުރިއަށް އޮތްތަނުގައި އިތުރު އަދާހަމަތަކާ ގުޅިގެން މި އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.