MTCC

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

8_tuna

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

SHARE

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަމުންދިޔަ އަގު މިއަދުން ފެށިގެން މައްޗަށް ޖައްސައިފިއެވެ.

މި ނިންމުމާއެކު، ކުރިން 20 ރުފިޔާއަށް ގަންނަމުން އައި ކަޅުބިލަމަހުގެ ކިލޯއެއްގެ އަގު މިހާރު ވަނީ 21 ރުފިޔާއަށް އުފުލިފައެވެ. މިއީ މަސް ކިލޯއަކުން 1 ރުފިޔާގެ ކުރިއެރުމެކެވެ.

މިފްކޯއިން މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށާއި، މަހުގެ ޑިމާންޑާއި ސަޕްލައިއަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހުގައެވެ. މި ބަދަލުގެ މައިގަނޑު ބޭނުމަކީ މަސްވެރިން ބާނާ މަހަށް އެކަށޭނަ ރަނގަޅު އަގެއް ހޯދައިދިނުމެވެ.

މީގެއިތުރުން، މި ނިންމުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.