MTCC

ކްލިނިކަލް އިންޓާންޝިޕް ފުރުސަތުތައް ހޯދުމަށް ލަންކާ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

HPbz4bFacAA8Hv6

ކްލިނިކަލް އިންޓާންޝިޕް ފުރުސަތުތައް ހޯދުމަށް ލަންކާ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

SHARE

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމަށް ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާއެކު ދިވެހި ސަރުކާރުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ބަންޑުލާ އެގޮޑަގޭ އެވެ. ރޯޝަނީ ބިލްޑިންގުގެ މޫމިނާ މާލަމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ އަލީ ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޕާޓްނަޝިޕްގެ ސަބަބުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް ބޭނުންވާ އަމަލީ ތަޖުރިބާއާއި ކްލިނިކަލް ތަމްރީނު ހޯދުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓަންޝިޕް ޕްރޮގްރާމެކެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވާ 20 ދަރިވަރުންނަށް ސުވަސެވަނަ ހޮސްޕިޓަލުގައި ތަމްރީނުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އިންތިޒާމުވެގެން ހިންގޭ ހަރުދަނާ އިންޓަންޝިޕް ޕްރޮގްރާމެއްގެ ތެރެއިން، ފެންވަރު ރަނގަޅު އަދި ގާބިލު ސިއްހީ ޚިދުމަތްތެރިން ބިނާކުރުމެވެ. އަދި މީގެ ސަބަބުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫއަކީ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ފިޔަވަޅެކެވެ.