MTCC

މިނިސްޓްރީތައް އަނދައިގެންދިޔައީ އޭސީގައި ރޯވި އަލިފާނުގެ ސަބަބުން: އިހުސާން

768948799_1733658661218313_2394851084500667033_n

މިނިސްޓްރީތައް އަނދައިގެންދިޔައީ އޭސީގައި ރޯވި އަލިފާނުގެ ސަބަބުން: އިހުސާން

SHARE

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ އޭސީގެ ވަޔަރުތަކެއްގައި ރޯވެގެން ހިނގި ހާދިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އިހްސާން ވިދާޅުވީ، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިތުރުން އެންވަޔަރުމެންޓް މިނިސްޓްރީ ހިންގި އިމާރާތުގައި ރޯވި ހާދިސާގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ.

ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ތަހުގީގުން ދެއްކި ގޮތުގައި، އަލިފާން އެންމެ ފުރަތަމަ ހިފީ އެއާ ކޮންޑިޝަނާތަކަކަށް ގުޅާފައިވާ ކަރަންޓު ވައިރުތަކެއްގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ ބޮޑީކެމް ފުޓޭޖްތަކުން ވެސް ފެންނަން އޮތީ ސީލިންގް ތެރޭގައި ހުރި ވައިރުތަކެއްގައި ރޯވެގެން އަލިފާން ފެތުރިގެން ދިޔަ މަންޒަރެވެ.

"މިއީ ބަޔަކު ގަސްތުގައި ރާވައިގެން ހިންގި ޖަރީމާއެއް ނޫންކަން ތަހުގީގުން ވަނީ ކަށަވަރުވެފައި. މިއީ އިއްތިފާގުން ހިނގާފައިވާ ހާދިސާއެއް،" އިހްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، އެއީ ބަޔަކު ގަސްދުގައި ރޯކުރި އަލިފާނެއްކަން ތަހުގީގަށް ފާހަގަވެފައި ނެތް ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި، އަލިފާން އެންމެ ފުރަތަމަ ރޯވީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ ހުރި ފްލޯގައެވެ. މި ހާދިސާގެ ސަބަބުން އެ އިމާރާތުގައި ހިންގަމުންދިޔަ ވުޒާރާތަކަށާއި، ކައިރީގައި ހުރި ގްރީން ބިލްޑިންގަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބުރޫ އެރިޔަނުދީ ކުރިއަށް ގެންދިއުމަށްޓަކައި، މިހާރު އެ ތިން މިނިސްޓްރީގެ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ކުރިއަށް ގެންދަނީ ދަރުބާރުގޭގައެވެ. މި ހާދިސާގެ ތަފްސީލީ މައުލޫމާތު ހާމަކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ވަޒީރު މިއަދު ވަނީ ވިދާޅުވެފައެވެ.