MTCC

އެމްޑީޕީ ސަރުކާރުން މަޝްރޫއުތަކަށް 60 މިލިޔަން ރުފިޔާ އިސްރާފުކުރި

large_thumb_1786343553215

އެމްޑީޕީ ސަރުކާރުން މަޝްރޫއުތަކަށް 60 މިލިޔަން ރުފިޔާ އިސްރާފުކުރި

SHARE

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ސިއްހީ ދާއިރާގެ އެކި މަޝްރޫއުތައް ހިންގުމަށް ކުރި ހޭދައިގެ ތެރެއިން 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ހާމަކުރައްވައިފިއެވެ.

ރަވަޒީރު މިހެން ވިދާޅުވީ އްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެދާއިރާގައި މަޝްރޫއުތައް ހިންގަން ކޮންޓްރެކްޓަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވީނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތް އަމަލީގޮތުން ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

ވަޒީރު ޤީލާ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ގޮތްތައް މިހާރު ސަރުކާރުން ބަލަމުންދާ ކަމަށެވެ. އެގޮތުން، މަސައްކަތް ނުފެށި ހުރި 16 މަޝްރޫއެއްގެ ކޮންޓްރެކްޓް މިހާރު ބާތިލުކޮށްފައިވާ ކަމަށާއި، އެ މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި އެކަނިވެސް 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސިއްހީ ހިދުމަތުގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ ބާތިލުކުރަންޖެހިފައި. 60 މިލިޔަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ގާނޫނީގޮތުން އެ ފައިސާ ހޯދުމަށް ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މުޅި ރާއްޖޭގައި ސިއްހީ ދާއިރާގެ 166 އުމްރާނީ ތަރައްގީގެ މަޝްރޫއެއް އެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށްދެއެވެ. ސިއްހީ ދާއިރާއަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަށްވާއިރު، މި އަހަރުގެ ބަޖެޓުގައިވެސް އެންމެ ގިނަ ފައިސާ ކަނޑައަޅާފައިވަނީ މި ދާއިރާގެ މަޝްރޫއުތަކަށެވެ.

ހަމައެއާއެކު ސިއްހީ ދާއިރާގެ މަޝްރޫއުތައް ނިންމާނެ ތާވަލެއް އެކުލަވައިލާފައިވާކަން ސަރުކާރުން ހާމަކޮށްފައިވާއިރު، ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، ކުދި މަޝްރޫއުތައް އެއަށްވުރެ މާ އަވަހަށް ނިމި، ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.