MTCC

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

big-8vvrgskbyr0qg05mz7xtwe9f0-876x583

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) މެދުވެރިކޮށް ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެއާޕޯޓުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނަކީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގަވާއިދާ ޚިލާފު ތަކެތި ހުރިކަމަށް ކަސްޓަމްސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމެކެވެ.

މި ފާސްކުރުމުގެ ތެރެއިން ޖުމްލަ 800 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ތާރީޚު ކަމަށްވާ 15 ނޮވެމްބަރު 2024 ގެ ފަހުން، މިހާތަނަށް އަތުލައިގަނެވުނު މިފަދަ އެންމެ ބޮޑު ޝިޕްމަންޓެވެ.

މީގެ ކުރިންވެސް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު 15,601 ކާޓްރިޖް އަތުލައިގަނެފައިވާއިރު، ޖޫން 21 ގައި މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްފައި ހުރި 6,328 ކާޓްރިޖް ވަނީ އަތުލައިގެންފައެވެ. ޖުމްލަ ގޮތެއްގައި ޖޫން މަހުގެ ތެރޭގައި އެކަނިވެސް 22,309 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ބޭނުންކުރުމާއި ވިއްކުން މަނާކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ގެންގޮސްފައެވެ.