ޓެކްސީވޭ ޗާލީ ރީބިލްޑް ޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ނިންމާލައިފި

-

ޓެކްސީވޭ ޗާލީ ރީބިލްޑް ޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ނިންމާލައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެއަރސައިޑް އޮޕަރޭޝަންތައް ރަނގަޅު ކުރުމަށް ކުރިއަށްދާ 3,200 މީޓަރު ޓެކްސީވޭ ޗާލީ ރީބިލްޑް ޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ނިންމާލައިފިކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މި ޕްރޮޖެކްޓާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެއަރސައިޑް އޮޕަރޭޝަންތައް އިތުރަށް ރަނގަޅުވެ، ޒިންމާދާރު ގޮތެއްގައި ފަންނީ ޚިދުމަތްތައް ދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށް ބެލެވެއެވެ. މި ޕްރޮޖެކްޓު ފެށިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަކީ ދިވެހިރާއްޖޭގެ މައި އެއަރޕޯޓް ކަމަށްވާތީ ، މިފަދަ ޕްރޮޖެކްޓުތައް ހިންގުމަކީ އެއަރޕޯޓުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށާއި އެއާޕޯޓު ޒަމާނީ ފެންވަރަށް ގެނައުމަށް އެހީތެރިވެދޭ މުހިންމު މަސައްކަތްތަކެއް ކަމުގައި ބެލެވޭ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. ނިމިގެން ދިޔަ މަހު 26 ގައި އެއާޕޯޓުގެ އައު ޓާމިނަލްވެސް ވަނީ ރަސްމީކޮށް ހުޅުވާލާފައިކަން ފާހަނގަ ކޮށްލަންޖެހެއެވެ.