MTCC

ރާއްޖޭގައި ސައިބާ ކްރައިމް ކުށްތައް އިތުރުވެއްޖެ، އޮންލައިން ޝޮޕިން ސްކޭމްތައް ގިނަ

images

ރާއްޖޭގައި ސައިބާ ކްރައިމް ކުށްތައް އިތުރުވެއްޖެ، އޮންލައިން ޝޮޕިން ސްކޭމްތައް ގިނަ

SHARE

ރާއްޖޭގައި ސައިބާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެންމެ ގިނައިން ރިޕޯޓްކުރެވެނީ އޮންލައިން  ވިޔަފާރިތަކާއި ގުޅޭ ސްކޭމް ރިޕޯޓް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަލާބަލާއިރު، ސައިބާ ކްރައިމްގެ ރިޕޯޓްތައް މިވަނީ ދެގުުނަ އިތުރުވެފައެވެ. އެގޮތުން މިއަހަރުު ފުރަތަމަ ހަމަސް ދުވަހު 1،053 މައްސަލައެއް ރިޕޯޓްކޮށްފައިިވާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅިފައި ވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. މީގެ ތެރެއިން 884 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު، 457 މައްސަލައެއްގެ ތަހުގީގު ނިންމައި މިހާރު ވަނީ ފައިލްކޮށްފައެވެ.

ސައިބާ ކުށްތައް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވުމެވެ. ވަކިވަކި ކުށްތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައި ވަނީ އޮންލައިން ޝޮޕިންގް ސްކޭމްތަކަށެވެ. އެ ބާވަތުގެ ކުށްތައް 86 އިން 464 އަށް އިތުރުވެ، 439 އިންސައްތައިގެ ބޮޑު އިތުރުވުމެއް ވަނީ ރިކޯޑު ކުރެވިފައެވެ. މީގެ އިތުރުން މީސް މީޑިއާ ސްކޭމްތައް 626 އިންސައްތަ އިތުރުވެފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ މަކަރާއި ހީލަތުގެ މައްސަލަތައް ވަނީ 83 އިންސައްތަ އިތުރުވެފައެވެ.

ސައިބާކުށްތައް އިތުރުވީނަމަވެސް އެހެނިހެން ކުށްތައް ރިޕޯޓްކޮށްފައިވާ އަދަދު މަދުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 75 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމާއި ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ ދަށްވެފައެވެ. ފުލުހުން ބުނި ގޮތުގައި މި ބާވަތުގެ ކުށްތައް މަދުވުމުގެ މައިގަނޑު ސަބަބަކީ އާންމުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތަކެވެ.

މިފަދަ ކުށްތަކުން އާންމުން ސަލާމަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، 120 އެކައުންޓެއް އަނބުރާ ހޯދައިދީ، 3,143 ފަރާތަކަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ސައިބާ ކުށްތަކުގެ ޝިކާރައަކަށްވި 182 ފަރާތަކަށް ފުލުހުންގެ ފަންނީ މާހިރުން ވަނީ ސީދާ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޮންލައިން މުއާމަލާތްތަކުގައި ސަމާލުވުމަށާއި، ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.