MTCC

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދޭންޖެހޭގޮތަށް ގަވާއިދަށް އިސްލާހެއް

images (5)

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދޭންޖެހޭގޮތަށް ގަވާއިދަށް އިސްލާހެއް

SHARE

ހާއްސަ އެހީއަށް ބޭނުންވާ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސްލާހުތަކެއް ގެނެސް އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

މި އިސްލާހުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގައި މި މިންގަނޑަށް އަމަލުކުރަން ޖެހޭނެއެވެ. އެގޮތުން ސިވިލް ސާވިސްގެ އިދާރާތަކުގައި އެފަދަ ފަރާތްތަކަށް ހާއްސަކުރާނެ މަގާމުތައް ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހާއްސަ ކުރާނެ މަގާމުތައް ކަނޑައަޅާނީ އެ ކުންފުންޏެއްގެ ބޯޑުން ނުވަތަ ކުންފުނިން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

މީގެ އިތުރުން، ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އެފަދަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކާ ވަޒީފާގެ އިއުލާންތައް ހިއްސާކުރަން ޖެހޭނެ ކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މިކަން ކަށަވަރުކުރުމަކީ ވަޒީފާދޭ ފަރާތާއި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ޒިންމާއެއް ކަމަށްވެސް މިންގަނޑުގައި ކަނޑައަޅާފައިވެއެވެ.

މި ބަދަލަކީ މުޢިއްޒުގެ ސަރުކާރުން، މުޖުތަމައުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީ ބާރުވެރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު މުހިންމު ކުރިއެރުމެކެވެ.