MTCC

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ ތައްޔާރީތައް ފަށައިފި

688272503-1402852571870742-8633917015148708006-n-876x584

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ ތައްޔާރީތައް ފަށައިފި

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތްތަކެއް ނިމި، ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ ސަރަޙައްދުގައި ކުރިއަށްދާ މި މަސައްކަތުގެ ތެރެއިން، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ އިތުރުން، ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިއީ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ޔުޓިލިޓީ ޚިދުމަތްތަކަށް ބޭނުންވާ އެންމެ މުހިންމު އިންފްރާސްޓްރަކްޗާ ބައެވެ.

މަޝްރޫޢުގެ ކުރިއެރުމަށް ބަލާއިރު، ފުރަތަމަ ފިޔަވަހީގެ ސެގްމެންޓް 5 އަދި 4 ގެ މަސައްކަތްތައް މުޅިން ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ސެގްމެންޓް 3 އަދި 2 ގެ ސަބްގްރޭޑިންގ ނުވަތަ މަގު އެއްވަރުކޮށް ތާރުއެޅުމަށް ތައްޔާރުކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، 1 ޖުލައި ގައި ތާރުއެޅުމަށް ބޭނުންވާ މެޝިނަރީޒްތައް އެ ސަރަޙައްދަށް ގެންގޮސް، ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވާ ޕާކިންގ ޒޯނާ ހަމައަށް އޮންނަ މަގުގެ ބައި ވަގުތީގޮތުން ބަންދުކުރެވޭނެއެވެ.

ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފަށްޓަވާފައިވާ މި މަސައްކަތުގެ ސަބަބުން، މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބި، މަގުގެ ފެންވަރު ޒަމާނީ ފެންވަރަށް ބަދަލުވެގެންދާނެއެވެ.