ނަފްސާނީ ބަލި ހުންނަ މީހަކު ބައްޕައަށް ތޫނުއެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލައިފި

-

ނަފްސާނީ ބަލި ހުންނަ މީހަކު ބައްޕައަށް ތޫނުއެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލައިފި

SHARE

އއ. އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ހަމަލާދީފައިވަނީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 10:20 ހިސާބުގައި ކަމަށް ބުނެފައިވެއެވެ. ހަމަލާ ދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެވެ.

ފުލުހުން ބުނީ ޒަހަމްވި މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ،