MTCC

އީދު ހަވީރު: އެމްއޭސީއެލްގެ ސްޓޯލް ވަރަށް ސަޅިވާނެ!

News-Cover-162

އީދު ހަވީރު: އެމްއޭސީއެލްގެ ސްޓޯލް ވަރަށް ސަޅިވާނެ!

SHARE

ކުރިއަށް އޮތް އަޟްހާ އީދާ ގުޅުވައިގެން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި، ބާއްވާ "އީދު ހަވީރު 1447″ ފެސްޓިވަލުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަރަށް ފޯރިއާއެކު ބައިވެރިވާން ނިންމައިފިއެވެ.

މި ފެސްޓިވަލް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ ހާއްސަ ސްޓޯލްތަކާއި ކުޅިވަރުތައް ފެނިގެންދާނެއެވެ.

އެމްއޭސީއެލް އިން އިންތިޒާމުކުރާ މި ހަރަކާތްތައް ބައްޓަންކޮށްފައިވަނީ ދިވެހިވަންތަ ސަޤާފީ ކުޅިވަރުތަކުގެ މައްޗަށެވެ. އެގޮތުން ކޯޑީ ހިފުމާއި، ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ. އަދި ކުޑަކުދިންގެ މެދުގައި މަޤްބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައްވެސް އެކި ދުވަސްމަތިން މި ސްޓޯލުން ފެންނާނެއެވެ.

މި ފަހަރުގެ އީދު ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލުން ފެންނާނެ އެންމެ ޚާއްސަ އެއް ކަމަކީ، ފަނުން ޒީނަތްތެރިކޮށްފައިވާ "ޓްރީހައުސް" ނުވަތަ ގަސްމަތީ ގެއެވެ. މީގެ އިތުރުން ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ އާއިލީ ގިނަ ކުޅިވަރުތަކެއް އެ ކުންފުނިން ވަނީ ތައްޔާރުކޮށްފައެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރތައްވެސް ސްޓޯލްގައި ހުންނާނެއެވެ.

ކުޅިވަރުގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ތަރި އަލީ އަޝްފާޤު (ދަގަނޑޭ) ގެ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވުމެވެ.

އެމްއޭސީއެލްގެ ސްޓޯލް ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައެވެ. އަޟްހާ އީދުގެ މި އުފާވެރި ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އެމްއޭސީއެލްގެ ވަރަށް ބޮޑު އެދުމެކެވެ.