MTCC

ރާއްޖެއިން އަނެއްކާވެސް ހިމަބިހީގެ އިތުރު ދެ ކޭސް, ޖުމްލަ އަދަދު ހަތަކަށް

20776163-1

ރާއްޖެއިން އަނެއްކާވެސް ހިމަބިހީގެ އިތުރު ދެ ކޭސް, ޖުމްލަ އަދަދު ހަތަކަށް

SHARE

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސަލްސް) އަށް ޕޮޒިޓިވްވެފައިވާ އިތުރު ދެ މީހަކު މާލޭ ސަރަހައްދުން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ވެސް މާލޭ ސަރަހައްދުން ދެ މީހަކަށް މި ބަލި ޖެހިފައިވާކަން ފާހަގަކުރެވިފައިވާއިރު، މިއަދު ފެނުނު ދެ ކޭސްއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ ހަތަކަށް އަރާފައެވެ. އެޗްޕީއޭއިން ހާމަކުރި

ތަފާސްހިސާބުތަކަށް ބަލާއިރު، މި ކޭސްތަކާ ގުޅުންހުރި (ކޮންޓެކްޓްވި) 74 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ދެނެގަނެވިފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މި އަހަރު ފެނުނު ކޭސްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ވެސް ހިމެނެއެވެ. މި ދުވަސްވަރަކީ އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، ރާއްޖޭގައި ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ، ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ. އެގޮތުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ.

ސަރުކާރުންނާއި ސިއްހީ އިދާރާތަކުން މިހާރު ދަނީ މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ބަލި ފެނުނު ސަރަހައްދުތަކުގައި ކޮންޓެކްޓް ޓްރޭސިންގް ހަދައި، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.