MTCC

ރިޔާސީ ވަޢުދުތަކަށް ބަދަލު އަންނާނީ އެ އިރެއްގެ ހާލަތަށް ބަލާފައި: މުންދު

Screenshot

ރިޔާސީ ވަޢުދުތަކަށް ބަދަލު އަންނާނީ އެ އިރެއްގެ ހާލަތަށް ބަލާފައި: މުންދު

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުތަކަކީ އެ އިރެއްގައި އޮންނަ ހާލަތާއި ވަގުތަށް ރިޢާޔަތްކޮށް ބަދަލު އަންނާނެ ކަންކަން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި "ޕްރެސް ވިތް ސްޕޯކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތައް މިހާރު ވެސް ވަނީ އާންމުކޮށް ޝާއިޢުކުރެވިފައި ކަމަށެވެ. ނަމަވެސް އެ ވަޢުދުތަކަކީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންފައިވާ ވަޢުދުތަކަކަށް ވާތީ، ސަރުކާރު ހިންގުމާ ހަވާލުވުމަށްފަހު އޮތް ޙާލަތަށް ބަލައި ބައެއް ކަންކަން މިހާރު ވެސް މުރާޖަޢާކޮށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރިޔާސީ ވައުދުތައް ޕަބްލިޝްކޮށްފަވެސް އޮންނާނެ. ވަޢުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޓްވޭޝަންއަށް ބަލާފައި.. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް ކޮށްފައި ބޭސްޑް އޮން ސިޓްވޭޝަން." މުންދު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން މުންދު ފާހަގަކުރެއްވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަށް ރައީސް ގެންގުޅުއްވި އަމާޒެވެ. އޭނާ ވިދާޅުވީ އެއީ އިންތިޤާލީ މަރުޙަލާގައި ރައީސް ހާމަކުރެއްވި އަމާޒެއް ކަމަށާއި، ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބައެއް ކަންކަން މުރާޖަޢާ ކުރަން ޖެހުނު ކަމަށެވެ. އަދި ހުރިހާ ވަޢުދެއް ލިސްޓުކުރެވިފައި ހުރި ނަމަވެސް، ޙާލަތަށް ބަލައި ބައެއް ފަހަރު އެ އަމާޒުތަކަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްވެވި ރިޔާސީ ބަޔާންތަކުގައި ވެވަޑައިގެންފައިވާ ވަޢުދުތަކަށް ވެސް ޙާލަތާއި ވަގުތުގެ ގޮތުން ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

"ވަޢުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޗުއޭޝަންއަށް ބަލާފައި.. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް ކޮށްފައި ބޭސްޑް އޮން ސިޗުއޭޝަން. އެމްބިޝަސްވެސް ކޮށްފައި ހުންނާނެ ބައެއްކަންކަން. 700 އަކީ އޭރުގައި ނެރުނު ފިގާއެކޭ. ވަޢުދުތަކުގެ ގޮތުގައި ހުރިހާ ވަޢުދެއް ހުންނާނެ ލިސްޓްކުރެވިފައި." މުންދު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން މުންދު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށް މިހާރު އަންގަވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު އަމަލީ ގޮތުން ފެށިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.