MTCC

މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިން ޒިންމާދާރުކަން އިސްކުރުމަށް އިލްތިމާސްކުރައްވައިފި

2048x1366-04Nov2025-1211pm

މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިން ޒިންމާދާރުކަން އިސްކުރުމަށް އިލްތިމާސްކުރައްވައިފި

SHARE

ނޫސްވެރިކަމުގެ އަސާސީ ހަމަތަކާއި އުސޫލުތަކަށް ބޯލަނބައި، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސްކުރައްވައިފިއެވެ.

އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ ނޫސްވެރިކަމުގެ މަބްދައުތައް ނެގެހެއްޓުމުގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކަށް ބޯލަނބައިގެން މައުލޫމާތުގެ ޞައްޙަކަން  ކަށަވަރުކުރުމަށާއި،  ދެފުށްފެންނަ  އަދި ޖަވާބުދާރީކުރުވޭ ނިޒާމެއްގެ ތެރެއިން ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަކުރުމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.އަދި ނޫސްވެރިކަމުގައި އަޚުލާޤީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި އިލްތިމާސް ނައިބު ރައީސް ކުރައްވާފައި މިވަނީ، "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ސިޔާސީ މަޝްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބައެއް މީޑިއާ އޮފީހެއް ބަލައި ފާސްކޮށް، ތަޙުޤީޤަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސަރުކާރުގެ އިސް މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި، މިނިވަން ނޫސްވެރިކަމަށް ހުރަހެއް ނެތް ނަމަވެސް، ޤާނޫނީ އިމުގެ ތެރެއިން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.