MTCC

ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަަށް ސުޕްރީމް ކޯޓުން ނިންމައިފި

IMG_5625

ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަަށް ސުޕްރީމް ކޯޓުން ނިންމައިފި

SHARE

ސިޔާސީ ޕާޓީއަކުން މެމްބަރަކު ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީޕް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ނިންމާފައިވަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އެ އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށާއި އެ ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. އަލީ ހުސައިން ވަކާލާތު ކުރެއްވީ އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސްތަކާ ހިލާފު، ރައްޔިތުންގެ ބާރު ކަނޑުވާލައި ސިޔާސީ ޕާޓީތަކަށް މެންބަރުންގެ މައްޗަށް ބޮޑު ބާރެއް ލިބޭ ގޮތަށް އޮތް އިސްލާހެއް ކަމަށެވެ.

  • މިހާރު ދެމިއޮތް އިސްލާހުގެ ދަށުން މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތަކަކީ:
  • އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
  • އެ ޕާޓީއަކުން މެންބަރު ވަކިކުރުން
  • އެހެން ސިޔާސީ ޕާޓީއަކަށް ސޮއިކުރުން