MTCC

ތެދު ބަހުން މައުލޫމާތު ފެތުރުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ބޮޑު ޒިންމާއެއް: މިނިސްޓަރު ރާފިއު

original_1774261769298

ތެދު ބަހުން މައުލޫމާތު ފެތުރުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ބޮޑު ޒިންމާއެއް: މިނިސްޓަރު ރާފިއު

SHARE

ބަރު ފެތުރުމުގައި ތެދުވެރިކަމާއި ޒިންމާދާރުކަން އިސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ ނޫސްވެރިކަމުގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ،ތެދަކީ އެމީހަކު ބޭނުންވުމުން ހިޔާރުކުރާ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ޖަވާބުދާރީވުމާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މިހާރަށްވުރެ، ރަނގަޅަށް މަސައްކަތްކޮށް، ހަބަރު ފެތުރުމުގެ މިންގަނޑުތައް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ އަބުރަށް އަރައިގަތް ކަމަށް ބުނެ "އަދަދު" ނޫސް ފުލުހުން ބަލައިފާސްކޮށް ޖިނާއީ ތަހުގީގެއް ފަށައިފައިވާ ދަނޑިވަޅެއްގައެވެ.މި މައްސަލަ ފެށުނީ އަދަދު ނޫހުން ރައީސް މުއިއްޒުގެ އަބުރަށް އަރައިގަނެ، "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމަންޓްރީއެއް އާންމުކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުން މިހާރު ދަނީ އެ ނޫހުގެ ބައެއް ސާމާނުތައް ބަލައި ފާސްކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "މިފަދަ ދޮގު ވާހަކަ ފަތުރާ ހުރިހާ ފަރާތްތަކަކަށް ދައުވާކޮށްދިނުމަށް އަޅުގަނޑު ކަމާބެހޭ މުއައްސަސާތަކުގައި އެދެން،" ރައީސް ވިދާޅުވިއެވެ.