MTCC

ނޫސްވެރިކަމުގައި ވެސް ހައްދެއް އޮންނަންވާނެ: މެންބަރު އަލްސަން

images (19)

ނޫސްވެރިކަމުގައި ވެސް ހައްދެއް އޮންނަންވާނެ: މެންބަރު އަލްސަން

SHARE

ނޫސްވެރިކަމުގެ މިނިވަން ކަމަކީ އޮންނަން ޖެހޭ ހައްގެއް ކަމަށާއި ކޮންމެ ހައްގެއްގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަލްސަން އަހުމަދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެންބަރު އަލްސަން ވިދާޅުވީ، މީހުންގެ އަބުރު ކަތިލުމާއި ޒިނޭގެ ދޮގު ތުހުމަތު އެޅުވުން ފަދަ ބޮޑެތި ފާފައަކީ އެއީ ތިމާގެ މިނިވަންކަމުގައި ދެކި އަނެކާގެ ހައްގަށް އަރައިގަތުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ފަރުދަކަށް ވެސް ލިބިފައިވާ މިނިވަންކަން އިސްލާމީ ރިވެތި މިންގަނޑުތަކުގެ ތެރެއިން އަދި ގާނޫނީ އިމުގެ ތެރެއިން ގެންގުޅުމަކީ ރިވެތޮ ގޮތް ކަމަށް ވެސް އަލްސަން ވަނީ ވިދާޅުވެފައެވެ.

"ދޮގު ހަބަރު ފެތުރުމާއި މީހުންގެ އަބުރު ކަތިލުމާ ދެކޮޅު!"

ރައީސް ޑރ މުއިއްޒު އާ ގުޅުވައިގެން "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމަންޓްރީގައި ހިމެނޭ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަމުގައި ބައިވެރިވި އެންމެންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް ވަނީ ކަމާބެހޭ މުއައްސަސާތަކުގައި އެދިވަޑައިގެންފައެވެ. ފުލުހުން ވަނީ މި މައްސަލައިގައި "ޤަޒުފު" (މީހެއްގެ ބޮލުގައި ޒިނޭގެ ދޮގު އިލްޒާމް އެޅުވުން) ކުރުމުގެ ތުހުމަތުގައި ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައި ފާސްކޮށް، ތަޙުޤީޤަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.