MTCC

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 95 އިންސައްތަ ނިމިއްޖެ

photo_2026-04-27_04-56-38

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 95 އިންސައްތަ ނިމިއްޖެ

SHARE

ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާއިރު،  ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ހިލަ ނައިފަރަށް ގެންގޮސްފައިވާ ކަމަށެވެ. އެމްޓީސީސީއިން ބުނީ، މަޝްރޫޢުގެ މުޅި އަމަލީ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށާއި، މި މަޝްރޫޢު ތާވަލަށްވުރެ އަވަހަށް ކުރިއަށްދާނެ ކަަމަށެވެ.

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ  މުޙައްމަދު ޖަމްޝީދު، ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު ޔާސީން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ  ނައިފަރުގެ އާބާދީ އިތުރުވަމުންދާތީ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމާއި، އިގްތިސޯދީ މަސައްކަތްތަކަށް ޖާގަ އިތުރުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއެކެވެ.