MTCC

އާދަމް ޝަރީފާއި ތާރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް

photo-collage.png (4)

އާދަމް ޝަރީފާއި ތާރިގު އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް

SHARE

މި ސަރުކާރުގެ ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތާރިގް އިބްރާހީމްގެ އިތުރުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނު ކުރެވެނީ ހުސްވެފައިވާ ސަފީރުންގެ މަގާމުތަކަށް އައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުންނެވެ. އަދި އެއީ އަލަށް އުފައްދަވާ މަގާމުތަކެއް ނޫން ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

މި މަހުގެ މެދުތެރޭގައި ކެބިނެޓުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި އާދަމް ޝަރީފާއި ތާރިގު އިބްރާހީމް ހިމެނިވަޑައިގަންނަވާއިރު، އާދަމް ޝަރީފަކީ މި ސަރުކާރުގެ މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސްގެ މަގާމު ކުރިން އަދާކުރެއްވި ބޭފުޅެކެވެ. އަދި ތާރިގު ވަނީ މި ސަރުކާރުގެ މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީގެ މަގާމު ފުރުއްވައިފަ އެވެ.