ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު 4 މެންބަރަކު އައްޔަން ކޮށްފިއެވެ.
ރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު މިހާރު އެ ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
އަލަށް އައްޔަނުކުރެވުނު މެންބަރުން:
- ހުދާ ފަހުމީ (ވިލަރެސް، ކ. ތުލުސްދޫ)
- ޢާއިޝަތު މަލްހާ (ރަސްވެލި، ރ. ރަސްގެތީމު)
- ޢަލީ ސިނާން (މއ. ރިހިރާޅު)
- ޢާއިޝަތު ޢަލީ (މ. ވާރޭވިލާ)
ބޯޑުގައި މިހާރު ތިއްބެވި އެހެން މެންބަރުން:
- ޢަބްދުﷲ ގިޔާސް ރިޔާޒް – ޗެއަރޕާސަން
- އިބްރާހީމް ޝިއުރީ – ސީއީއޯ އަދި މެނެޖިންގ ޑިރެކްޓަރު
- ސަބީހާ އަޙްމަދު – އެގްޒެކެޓިވް ޑިރެކްޓަރު (އައްޔަނުކުރީ 29 އޮކްޓޫބަރު 2025 ގައި)
- މަހާ ނަޞީރު – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
- އާމިނަތު ވުލާއު މުޙައްމަދު ނާޒިމް – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
- ޢަބްދުއްސަމީޢު ޢިމާދު – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
- ޢާއިޝަތު ޙަމީދު – ނޮން-އެގްޒެކެޓިވް ޑިރެކްޓަރު
މި ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރާ ޕީސީބީ އިން ބަލަހައްޓާ ބޯޑެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވިޒިޓް މޯލްޑިވްސް (މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން -) ހަރުދަނާކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ވަނީ، އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް އަށް ބަދަލުކޮށް، ވަނަ އަހަރު "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ކަނޑައަޅާފައެެވެ.