MTCC

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ސިނާން އާއި ސައީދު!

IMG_2958-1024x585

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ސިނާން އާއި ސައީދު!

SHARE

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތައް އެ ޕާޓީއިން އިއުލާނުކޮށްފި އެވެ.

ޕީއެންސީ އިން ނެރުނު އިއުލާނުގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ކެނޑިޑޭޓުން ނަކީ މުހައްމަދު ސިނާން އާއި އަހުމަދު ސައީދު ކަމަށެވެ.

އެގޮތުން، އެ ޕާޓީ އިން ބުނީ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ކޮންގްރެސް ޕާޓީގެ ޕްރައިމަރީ މިމަހުގެ 25 ވަނަ ދުވަހުވާ ހޮނހިރު ދުވަހު އޮންނާނެ ކަމަށެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ. ޕްރައިމަރީގައި ވޯޓުލެވޭނޯ ކޮންގްރެސް ޕާޓީގެ މެންބަރުންނަށެވެ. އެގޮތުން، ވީޓުލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ވެސް ޕާޓީގެ ފަރާތުން ވޯޓު ފޮށިތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީއިން ބުނީ، ޕާޓީގެ އެތެރޭ އިންތިހާބާއި ގުޅޭ އެންމެހައި ކަންކަން ރާވައި، ހިންގާނީ ޕާޓީގެ އިންތިހާބީ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަަށެވެ. އަދި އިންތިހާބު ބޭއްވުމަށް ބޭނުންވާ އިންތިޒާމުތަކާއި އަމަލުކުރަންޖެހޭ އުސޫލުތައް އެ ކޮމިޓީގެ ފަރާތުން އާންމުކޮށް އިއުލާނު ކުރާނެކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުންގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކޯޓުން ކަނޑައެޅީ،ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށް ބުނާ މައްސަލައެއްގައެވެ. އެހެންނަމަވެސް، ސިނާން ވަނީ މިހާރު އެ ދަރަނި ދައްކާ ހާލާސްކޮށްފައެވެ. ސިނާން ވަނީ އަލުން އަނެއްކަ ގޮނޑިއަށް ވާދާކުރެއްވުމަށް ނިންމާފައެވެ.