MTCC

ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސް

A1_1-1716893233783

ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސް

SHARE

މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅާލުމަށް އަޅާ ބުރިޖުގެ މަޝްރޫއިގެ މަސައްކަތް ކުރިއަށްދާ ސްޕީޑްއާ ދާތެރޭ ހިތްހަމަޖެހިވަަޑައިނުގަންނަވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ބުރިޖު މަޝްރޫއާ ގުޅިގެން ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ މުއްދަތު އިތުރުކޮށްދެން އެދުމުން މުއްދަތު ވެދސް އިތުރުކޮށްދީފައިވާ ކަމަށެވެ.

" އަޅުގަނޑު ހިތްހަމައެއްނުޖެހޭ ދާ ސްޕީޑާ ދޭތެރޭ. އަޅުގަނޑު ހިތެއް ނުބުނޭ އެ ޕްރޮޖެކްޓު ދާ ސްޕީޑު ކަމުދާ ރައްޔިތަކު ހުންނާނެއެކޭ ވެސް،"

މީގެއިތުރުން ރައީސް ވިދާޅުވީ، މަޝްރޫއުގެ ސްޕީޑް ލަސްވި ނަމަވެސް ކުރިއަށް އެބަ ދާ ކަމަށެވެ، ރައީސް ވަނީ ސަރުކާރުން ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން ފުރިހަމަކުރަމުން އަންނަކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމަމިއާއެކު، ރައީސް ވިދާޅުވީ މިހާރު ބުރިޖު ނިންމުމަށް ދީފައޮ އޮތް ތާރީހަކީ 2027 ކަމަށާއި ކުރިން އޮތީ މިއަހަރުގެ ނިޔަލަށް ނިންމާ ގޮތަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގުޅާލުމަށް ހަމަޖެހިފައިވަނީ، މާލެ، ވިލިމާލެ،، ގުޅީފަޅު އަދި ތިލަފުއްޓެވެ. މި މަޝްރޫއަށް ލޯނު ދީފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކް އިންނެވެ. އަދި 100 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ދީފައިވާއިރު،މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

މި މަޝްރޫއުގެ ސްޕީޑް ލަސްވާކަމަށް މީގެކުރިން ހައުސިން މިނިސްޓަރު ޑރ މުއްޠަލިބު ވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މި މަސައްކަތް އަވަސްކުރުމަށް ގޮތްތައް ހުރިތޯ ބަލަމުން އަންނަ ކަމަށެވެ.