ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައްސަަލައިގެ ތަހުގީގު އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އިން ފުލުހުންނަށް އަންގައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއަކީ 6 މޭ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 8:27 މާލޭގައި ބަޔަކު ރާވައިގެން ދިން ހަމަލާއެކެވެ. ހަމަލާ ދީފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، އެތަނުގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީ އެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ.
މި މައްސަލާގައި ޖުމްލަ 8 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ. މީގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި ރޭވުމުގައި ބައިވެރިވި މީހުން ހިމެނެއެވެ.މަލާ ދިނުމުގައި އިސްކޮށް އުޅުނު އަދުހަމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ. މީގެ އިތުރުން ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދިން ކަމުގެ ދައުވާގައި އަބްދުﷲ އަލީ މަނިކަށް 5 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މި ހަމަލާ ރޭވުމާއި ފަންޑުކުރުމުގައި އިތުރު ބަޔަކު ހިމެނޭކަމަށް ބެލެވޭތީ، މައްސަލައިގެ ތަހުގީގު ފުޅާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް ވަނީ ދާދި ފަހުން ފުލުހުންނަށް އަންގާފައެވެ.
"ރައީސް ނަޝީދަށް ދިން ހަމަލާގައި އެއަށް ފަންޑުކުރުމުގެ ބައި، މާނައަކީ ޓެރަރިޒަމް މި އަމަލަށް ފައިނޭންސް ކުރި މީހުންގެ ބައިގެ ތަހުގީގު އަވަސްކޮށް، ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުމަށް އަޅުގަނޑު މެން ވާނީ 8 އޭޕްރީލްގައި ފުލުހުންނަށް ލަފާ ދީފައި."
- ދައުވާ: ޓެރަރިޒަމްގެ އަމަލެއް ކުރުން – އޭނާ ކުށަށް އިއުތިރާފުވުމުން 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
- ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން.
- ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން އަދި ކުށްވެރިއަކު ފޮރުވުމަށް އެހީތެރިވުން.
- ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން، އަދި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުން.
- ދައުވާތައް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުން.
- ދައުވާ: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން- އޭނާގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މި މައްސަލައަކީ ދައުލަތުން ވަރަށް ބޮޑު އިސްކަމެއްދޭ މައްސަލައަކަށް ވާތީ، ޝަރީއަތުގެ މަރުހަލާގައި ހުރި ހުރަސްތައް ނައްތާލުމަށް ޕީޖީ އޮފީހުން ކޯޓާ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.