ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މުޅި ޖުމުލަ 1351 ގޮނޑި އިންތިހާބުވެފައިވާއިރު، 584 ގޮނޑި ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންސް އިން ހާމަކޮށްފައިވާ 'އިންތިހާބުވީ ގޮތުގެ އަދާހަމަ' އަށް ބަލާއިރު، 584 ގޮނޑި ޕީއެންސީއަށް ލިބިފައިވާއިރު، އެމްޑީޕީ އިން ކާމިޔާބުކުރީ 563 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި 169 ގޮނޑި ކާމިޔާބުކޮށްފައިވާިއރު، އެމްޑީއޭ އަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް 6 ގޮނޑި އަސި ޖުމުހުރީ ޕާޓީއަށް 4 ގޮނޑި ވަނީ ލިބިފައެވެ.
އިންތިހާބުގެ މޭޔަރު ކަމުގެ 5 ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީއިން ނެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ 41 ގޮނޑި އެމްޑީޕީއިން ކާމިޔާބުކޮށްފައިވާއިރު، ޕީއެންސީއިން ވަނީ 5 ގޮނޑި ކާމިޔާބުކޮށްފައެވެ. އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަކު ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީވެސް ނެގީ އެމްޑީޕީއިން ނެވެ. އެއީ 42 ގޮނޑިއެވެ. ޕީއެންސީ އަށް 4 ގޮނޑި އަދި އަމިއްލަ ގޮތުން ލިބުނު އެއް ގޮނޑިއެވެ.
ރަށު ކައުންސިލްގެ ރައީސް ކަމުގެ މެޖޯރިޓީ ޕީއެންސީއިން ނަގާފައިވަނީ 75 ގޮނޑު ކާމިޔާބުކޮށްގެންނެެވެ. އެމްޑީޕީ އަށް 73 ގޮނޑި ލިބިފައިވާއިރ، އަމިއްލަ ގޮތުން ވާދަކުރި 24 ގޮނޑި، އެމްޑީއޭގެ 4 ގޮނޑި، ޑިމޮކްރޭޓްސްގެ އަށް އެއް ގޮނޑި، އަދާލަތު ޕާޓީއަށް ވަނީ އެއް ގޮނޑި ލިބިފައެވެ.
މީގެއިތުރުން، ރަށު ކައުންސިކް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ ތެރެއިން 101 އެއް ގޮނޑި ޕީއެންސީއިން ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީއަށް ލިބުނީ 88 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި 30 ގޮނޑި، އެމްޑީއޭ އަށް 4 ގޮނޑި އަދި ޑިމޮކްރޭޓްސް އަށް އެއް ގޮނޑި ލިބުނެވެ.
ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އިންނަށް ބަލާއިރު ޕީއެންސީއިން ވަނީ، 84 ގޮނޑި ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް 60 ގޮނޑި، އަމިއްލަ 26 ގޮނޑި، އެމްޑީއޭ އަށް 4 ގޮނޑި، އަދާލަތު ޕާޓީ އަށް ދެ ގޮނޑި ވަނީ ލިބިފައެވެ.ކޮމެޓީގެ މެންބަރުންނަށް ބަލާއިރު، އެމްޑީޕީއަށް 167 ގޮނޑި ލިބިފައިވާއިރު، 126 ގޮނޑި ލިބުނީ ޕީއެންސީއަށެވެ. އަމިއްލަ ގޮތުން ވާދަކުރި 51 ގޮނޑި، އެމްޑީއޭ އަށް 7 ގޮނޑި، އާދާލަތު ޕާޓީ އަށް ދެ ގޮނޑި އަދި ޖުމުހޫރީ ޕާޓީއަށް ވެސް ވަނީ ދެ ގޮނޑި ލިބިފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ މި މަހު 4 ވަނަ ދުވަހުގައެވެ. 5 ދާއިރާއެއްގެ ނަތީޖާ އެއްވަރުވެގެން އީސީ އިން ވަނީ އިއްޔެ ދެވަނަ ބުރެއް ބާއްވާފައެވެ. އިއްޔެ ބޭއްވި 5 ދާއިރާގެ އިންތިހާބުގެ ވެސް ތިން ގޮނޑި ކާމިޔާބުކުރީ ޕީއެންސީއިންނެވެ. ރަށްރަށުގައާއި އަތޮޅުތަކުގެ މެޖޯރިޓީވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީ އިންނެވެ.