ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އަރައިގެން ދިޔަ ނަމަވެސް، މަސްވެރިން ތެލަށް ނުޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މީޑިއާއެއްގައި ހިއްސާކޮށްފައިވާ ހަބަރަކާއި ގުޅިގެން، ޝިޔާމް ވިދާޅުވީ އެއީ ރަނގަޅު ހަބަރެއް ނޫން ކަމަށާއި، މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ދިވެހި މަސްވެރިން މަސްކަނޑުތަަކަށް ނިކުމެވޭނެކަން ޔަގީންކުރާ ކަމަށެޗެ، މީގެއިތުރުން، ސަރުކާރުން މިއަދާ ހަމައަށްވެސް ގެންދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަކަށް މެނޭޖްކުރަމުން ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
ޝިޔާމް ވިދާޅުވީ، މިކަންކަން މަސްވެރިން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަަމަށެވެ.
"ނޫހުގައި ތިފަދަ ހެޑްލައިންއެއް ހައްދަވާއިރު ކަންއޮތްގޮތް ރަނގަޅަށް ބައްލަވާލެއްވިނަމަ ހާދަރަނގަޅުވީހޭ ހިތަށްއަރާ. ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަޖު މުޅިރާއްޖެއަށްވެސް އެންވެެިކަން ރަނގަޅުވާންފެށުމާއި އެކު މަސްވެެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން."
ޝިޔާމް އިތުރަށް ވިދާޅުވީ މި ދަނޑިވަޅުގައިވެސް ސަރުކާރުން ދަނީ މަސްވެރިންގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށާއި، މަސްވެރި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްވެސް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެ މީޑިއާ އިން ރިޕޯޓްކޮށްފައިވަނީ، ތެޔޮ ނުލިބި މަސްވެރިކަން ހުއްޓުވުމުން، މަސްވެރިކަމުގެ ދިރުން ގެއްލިއްޖެ ކަމަށެވެ. އެހެންނަމަވެސް މިނިސްޓަރު ޝިޔާމް މިވަނީ އެކަން ދޮގުކުރައްވާފައެވެ.ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދެވިފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެސްޓީއޯއިން ބުނީ،މި ނިންމުންތަކަކީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނޭހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށެވެ.
މިފްކޯއިން މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަަލް ލީޓަރެއް އަދި ތިން ޓަނަށްވުރެ އިތުރަށް ކިރުވާނަމަ 16.04 ރުފިޔާއަށް ޑީސަލް ލީޓަރު ދޫކުރާނެ ކަމަށް ވަނީ ބުނެފައެވެ.