MTCC

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގެ މަގާމަށް ޝިޔާމް!

IMG_5201

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގެ މަގާމަށް ޝިޔާމް!

SHARE

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ކަމަށް އަހުމަދު ޝިޔާމް އައްޔަން ކުރައްވައިފިއެވެ.

މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި މިނިސްޓަރު ޝިޔާމް ވަނީ ސޮއި ކުރައްވާފައެވެ.

10 މިނިސްޓަރުންގެ އިސްތިއުފާއާއެކު، ރައީސް ވަނީ އިއްޔެ 12 މެންބަރަކު މިނިސްޓަރު ކަމަށް އައްޔަންކުރައްވާަފައެވެ. އަދި އިތުރު މިނިސްޓަރެއް އައްޔަންކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއީ ރައްޔިތުންގެ ވިންދާއެއްގޮތަށް ސަރުކާރުން ހިންގުމަށް ގެނައި ހެޔޮ ބަދަލެއް ކަމަށ ސަރުކާރުން ބުނެއެވެ.