MTCC

ފިނޭންސް އެެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު ކަމަށް ޒަމީރު!

459174_741e0222-6_

ފިނޭންސް އެެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު ކަމަށް ޒަމީރު!

SHARE

މިނިސްޓްރީ އޮފް ފިނޭންސް އެެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ މަގާމަށް މޫސާ ޒަމީރު އައްޔަނު ކުރައްވައިފި އެވެ.

މީގެ ކުރިން ޒަމީރު އަކީ ފިނޭންސް މިނިސްޓަރެވެ. އެހެންނަމަވެސް ރައީސް މިވަނީ ފިނޭންސް މިނިސްޓަރުގެ ނަން  ފިނޭންސް އެެންޑް ޕަބްލިކް އެންޓަޕްރައިސަސް އަށް ބަދަލުކޮށް، އެ މިނިސްޓްރީ މިނިސްޓަރު ޒަމީރާއި ހަވާލުކުރައްވާފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ކެބިނެޓްގެ މިނިސްޓަރުންގެ އަދަު 15 އަށް މަދުކުރައްވާފައެވެ. 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައީސް މިވަނީ 12 މިނިސްޓަރުން ކެބިނެޓް އަށް އައްޔަން ކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކަށް ވަނީ ހުވާ ލައިދީ، ފަތްކޮޅު ހަވާލުކުރައްވާފައެވެ.ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.ރައީސް އޮފީހުން ބުނީ އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލަކީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ސަރުކާރު ހިންގުމަށް ގެނައި ހެޔޮ ބަދަލެއް ކަމަށެވެ.