MTCC

ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މަގާމަށް އިހުސާން!

459175_cc0fb8c0-b_

ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މަގާމަށް އިހުސާން!

SHARE

ހޯމް ލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީގެ މަގާމަށް އަލީ އިޙްސާން އައްޔަނު ކުރައްވައިފި އެވެ.

މީގެކުރިން އިޙުސާން ހުންނެވީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު ކަމުގަ އެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ކެބިނެޓްގެ މިނިސްޓަރުންގެ އަދަު 15 އަށް މަދުކުރައްވާފައެވެ. 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައީސް މިވަނީ 12 މިނިސްޓަރުން ކެބިނެޓް އަށް އައްޔަން ކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކަށް ވަނީ ހުވާ ލައިދީ، ފަތްކޮޅު ހަވާލުކުރައްވާފައެވެ.ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.ރައީސް އޮފީހުން ބުނީ އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

މިހާރު އައްޔަނު ނުކުރަނީ، ދެ މިނިސްޓްރީއެއްގެ މިނިސްޓަރުކަމެވެ.