މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ މަގާމަށް ޑރ އަބްދު ﷲ މުއްޠަލިބު އައްޔަން ކުރައްވައިފިއެވެ.
މީގެކުރިން މުއްޠަލިބު ހުންނެވީ، ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރު ކަމުގައެވެ. ރައީސް މުއިއްޒު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމުން 20 މިނިސްޓްރީ އިން 15 މިނިސްޓްރީއަށް ކުޑަކުރައްވައި 12 މިނިސްޓަރަކު ކެބިނެޓަށް އައްޔަންކުރައްވާފައެވެ.
ހުވަލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ އެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި 10 މިނިސްޓަރުންވެސް އިސްތިއުފާ ދެއްވީ، ހެޔޮ ބަދަލަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ނެވެ.