MTCC
459185_59fc123a-d_

ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އަލީ ޝަރީފް!

SHARE

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީގެ މަގާމަށް އަލީ ޝަރީފު އައްޔަންކުރައްވައިފިއެވެ.

ކެބިނެޓްގެ 10 މިނިސްޓަރަކު އިސްތިއުފާ ދިނުމާއި ގުޅިގެން ރައީސް ވަނީ މިނިސްޓަރުންގެ އަދަދު މަދުކޮށް 12 މިނިސްޓރު އައްޔަންކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި ހުވަކުރުމުގެ ރަސްމިއްޔާތުގައި، އަލީ ޝަރީފްއަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ ހަވަލުކޮށްފައިވާއިރު، ޝަރީފް މީގެކުރިން ހުރީ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމުގައެވެ.

މީގެ ކުރިން އެންވާރަމެންޓް މިނިސްޓަރު ކަމުގައި ހުންނެވީ އިބްރާހިމް ތާރިގު އިސްތިއުފާދެއްވި 10 މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކަށް ވަނީ ހުވާ ލައިދީ، ފަތްކޮޅު ހަވާލުކުރައްވާފައެވެ.ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ރައީސް އޮފީހުން ބުނީ އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.